ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއް ލިޔެކިޔުން ޗާޕުކުރަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ބައެއް ލިޔެކިޔުން ޗާޕުކުރަން ބޭނުންވެގެން ކުރި ނަންބަރު: 2015/92/B/Iފ-170 އިޢުލާނަށް ކުރިމަތިލައްވާފައި ވަނީ އެންމެ ފަރާތުން ކަމަށްވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެއިޢުލާން ކުރަމެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ބައެއް ލިޔެކިޔުން ޗާޕުކުރަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

11 ޖަނަވަރީ 2016 (ހޯމަ) ދުވަހުގެ 10:30 އަށް

14 ޖަނަވަރީ 2016 (ބުރާސްފަތި) ދުވަހުގެ 11:30 އަށް

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3322718 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1437            

31 ޑިސެންބަރު 2015
ހޯދާ