ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓުތައް ކުއްޔަށް ދިނުމާ ގުޅޭ

އިޢުލާން

ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓުތައް ކުއްޔަށް ދިނުމާ ގުޅޭ

އިންޓަރގްރޭޓެޑް ހިއުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (IHDP) ގެ ދަށުން ލ.ގަމުގައި ޤާއިމުކުރެވިފައިވާ ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ ޚިދުމަތަށް އެދޭފަރާތްތަކަށް އާރ.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން (22-SA/MIS/2010/158 ރެސިޑެންޝަލް ލަރނިންގ ސެންޓަރ ހިންގުމުގެ އުސޫލު) ، އެޕާޓްމެންޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

އާރު.އެލް.ސީ (ދަނާލު) ކުއްޔަށް ދެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ދަނާލު އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާޓްމެންޓުގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާ ހަވާލުވެ ހުންނަ ބެލެނިވެރިއަކަށެވެ.

ށ. މިގޮތުން އެޕާޓްމަންޓް ކުއްޔަށް ދޫކުރެވޭނީ ގަމުގައި ގޯތިގެދޮރު ނެތް، ގަމުގެ ވަޒަންވެރިން ކަމުގައި ނުވާ، ރަށުން ބޭރު ފަރާތްތަކަށެވެ.

އާރު އެލް ސީ (ދަނާލު) ބޭނުންކުރެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ބޭނުންކުރެވޭނީ އާރު.އެލް.ސީ ހުންނަ ރަށުގައި ހުރި ތަޢުލީމުދޭ ނުވަތަ ތަމްރީނުދޭ ސުކޫލް/ މަރުކަޒެއްގައި ރަޖިސްޓަރީވެގެން ކިޔެވުމަށް އެ ރަށަށް އައިސް ތިބޭ އެހެން ރަށްރަށުގެ ދަރިވަރުންނަށާއި އެފަދަ ކުދިންނާ ހަވާލުވެގެން ތިބޭ ބެލެނިވެރިންނަށެވެ.

ށ. އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެން ނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުޙަލާއެއް ފުރިހަމަކުރުމަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

އާރު.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް:

ހ.އާރު.އެލް.ސީގެ ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެ އެޕާޓްމެންޓެއްގައި ދަރިވަރުންނާ ހަވާލުވެގެން ހުންނަ ބެލެނިވެރިއެއްގެ އިތުރުން މަދުވަގެން 3 ދަރިވަރުން (ސުކޫލް ދަރިވަރުން) އެ އެޕާޓްމަންޓުގައި ދިރިއުޅެން ހުށަހަޅާފައިވާނަމައެވެ.

ށ. އާރު.އެލް.ސީގެ އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާޓްމަންޓުގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާ ހަވާލުވެ ހުންނަ ބެލެނިވެރިއަކަށެވެ.

ނ. ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެޕާޓްމެންޓް ކުއްޔަށް ހިފާ ފަރާތާއި އާރު.އެލް.ސީ ބަލަހައްޓާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ރ. ކޮންމެ އެޕާޓްމެންޓެއްވެސް ކުއްޔަށް ދެވޭނީ މަދުވެގެން 3 މަސްދުވަހުގެ މުއްދަތަށް އަދި ގިނަވެގެން 1 އަހަރުދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެޕާޓްމެންޓުގައި އުޅޭ ދަރިވަރުންގެ ކިޔެވުން ފުރިހަމަވަންދެން އަހަރުން އަހަރަށް މި އެއްބަސްވުން އާކުރެވޭނެއެވެ.

ބ. އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަވުމުން އެޕާޓްމެންޓް ދޫކޮށްލަންޖެހޭނެއެވެ.

ޅ. ހަމަޖެހިފައިވާ ކުއްޔާއި، ކަރަންޓަށް ހިނގާ ޚަރަދު އެޕާޓްމެންޓާއި ޒިންމާވާ ފަރާތުން ގަވާއިދުން ދައްކަންޖެހޭނެއެވެ.

ކ. އެޕާޓްމެންޓް ކުއްޔަށްހިފާފައިވާ ބެލެނިވެރިޔާއަށް، އެ އެޕާޓްމެންޓުގައި ކުއްޔަށް ދަރިވަރުން ބޭތިއްބިދާނެއެވެ. އެހެންނަމަވެސް އެގޮތުން ބައިތިއްބާ ދަރިވަރުން ވާންޖެހޭނީ ސުކޫލުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ކަމުގައެވެ. އަދި އެ ދަރިވަރުންގެ ކަންކަމާއި ޒިންމާ ވާންޖެހޭނީ އެ އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ބެލެނިވެރިޔާއެވެ.

އ. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އެޕާޓްމެންޓްގައި އުޅޭ ދަރިވަރުންގެ އަދަދު މަދުވެއްޖެނަމަ އާރު.އެލް.ސީ ބަލަހައްޓާ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފާގެ މަތިން (އެފަރާތަކަށް އެޕާޓްމެންޓް ކުއްޔަށް ދިނުމުގައި) ގޮތެއް ނިންމޭނެއެވެ. އެގޮތުންވެސް ފުރުޞަތު ދިނުމަށް މަސައްކަތް ކުރެވޭނީ 2 ދަރިވަރުންނަށްވުރެ އެޕާޓްމެންޓްގައި ތިބޭ ދަރިވަރުންގެ އަދަދު މަދު ނުވާ ކަމުގައި ވާނަމައެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އާރު.އެލް.ސީ ދަނާލުގެ އެޕާޓްމެންޓް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޙަމަދު ސުކޫލަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އެޕާޓްމަންޓަށް އެދޭ ފޯމު ޙަމަދު ސުކޫލުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅާނީ ރަސްމީ ގަޑީގައި ޙަމަދު ސުކޫލްގެ އޮފީހަށެވެ.

27 ޑިސެންބަރު 2015
ހޯދާ