މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެކިބޭނުންތަކަށް އިސްތިހާރު ކުރުމަށް ގަސްގަހާއި ހޮޅިދަނޑި ބޭނުންކުރުން އަދި މަގުމަތީ ފާރުގައާއި އެއްގަމު ތޮށިގަނޑާއި މަގުތަކުގެ ކަންކަންމަތީގައި ހަރުކޮށްފައިވާ ރޭލިންގގައި އިސްތިހާރު ހަރުނުކުރުމަށް ކުރާ އިލްތިމާސް

އިޢުލާން

އެކި ބޭނުންތަކަށް އިސްތިހާރު ކުރުމަށް ގަސްގަހާއި ހޮޅިދަނޑި ބޭނުންކުރުން އަދި މަގުމަތީ ފާރުގައާއި އެއްގަމު ތޮށިގަނޑާއި މަގުތަކުގެ ކަންކަންމަތީގައި ހަރުކޮށްފައިވާ ރޭލިންގގައި އިސްތިހާރު ހަރުނުކުރުމަށް ކުރާ އިލްތިމާސް:

އެކި ބާވަތްތަކުގެ އިސްތިހާރު ހަރުކުރުމަށް މަގުފާރާއި އެއްގަމު ތޮށިގަނޑާއި، ހޮޅިދަނޑިތަކާއި މަގުމަތީގައި އިންދާފައިވާ ގަސްތަކާއި، މަގުގެ ކަންމަތީގައި ހަދާދައިވާ ރޭލިންގ އަދި އާންމު ޚިދުމަތް ދިނުމަށް މަގުފާރު ކައިރީގައި ހުންނަ ފޮށިތައް ބޭނުންކުރުމަކީ މި މިނިސްޓްރީން ހުއްދަކުރާ ކަމެއް ނޫން ކަމުގައި ދެންނެވީމެވެ.   

ވީމާ، މީގެފަހުން މި އިޢުލާނާ ޚިލާފަށް އެކި ބާވަތުގެ އިސްތިހާރު ހަރުކުރަމުން ގެންދާނަމަ އެ ފަރާތްތަކާމެދު އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު ނަންބަރު 1/2010 ގައިވާ ގޮތުގެ މަތިން  ޢަމަލުކުރަމުން ގެންދާނެކަން އާންމުކޮށް އިޢުލާން ކުރީމެވެ.

17 ރަބީޢުލްއައްވަލް 1437

28 ޑިސެންބަރު 2015
ހޯދާ