ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލައިޓިންގ ހެދުމަށް ބޭނުންކުރާ ލައިޓުތަކުގެ ޓިއުބު ގަންނަން ބޭނުންވެއްޖެ

  އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންނީގެ ސްޓޫޑިއޯ ޕްރޮގްރާމްތަކުގައި ލައިޓިންގ ހެދުމަށް ބޭނުންކުރާ ލައިޓުތަކުގެ ''ޓިއުބު'' ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2015/175 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުޙަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް ގެ ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 5 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއްނުގަނެވޭނެއެވެ.

13 ރަބީޢުލްއައްވަލް 1437

24 ޑިސެންބަރު 2015
ހޯދާ