މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި އިންތިޚާބު ބާއްވާ ތާރީޚު އިޢުލާން ކުރުމާއި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި އިންތިޚާބު ބާއްވާ ތާރީޚު އިޢުލާން ކުރުމާއި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ބޭއްވޭ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުމަށް ހަމަޖައްސާފައި ވަނީ ތިރީގައި ދެންނެވިފައިވާ 2 ދާއިރާގެ މެމްބަރުންނަށެވެ.

1- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރެއް.

2- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިޚާބު ކުރާ މެންބަރެއް.

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ ފަރާތެއް އިންތިޚާބު ކުރަންޖެހޭތީ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 2 ޖަމްޢިއްޔާއިންނެވެ. މި މަޤާމަށް ކުރިމަތި ލައްވާފައިވާ ޖަމްޢިއްޔާތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ތަރުތީބު ނަމްބަރު

ޖަމްޢިއްޔާގެ ނަން

01

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް

02

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މެންބަރަކު ހޮވުމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 3 ފަރާތަކުންނެވެ.

މި މަޤާމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.

ކެނޑިޑޭޓް ނަމްބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

01

އަޙްމަދު ފާއިޒް

މ.ކުރެލި

މާލެ

02

އަޙްމަދު ނަޖީބް

ފީރޯޒްގެ

ގއ.ވިލިނގިލި

03

މުޙައްމަދު މާޒިން

ވ.ނޯޗާންސް

މާލެ

ވީމާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފަރާތްތަކަން 2016 ޖަނަވަރީ 6 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި މާލޭގައިނަމަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެފް.ސީ.އެސް.ސީ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް ދަންނަވަމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުގައި ތަމްސީލު ކުރައްވާނެ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުން 2016 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ 09:00 ން 14:00 އަށް، މާލޭގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައި އަދި އަތޮޅު ތެރޭގައި ވޯޓްލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތައް ހިމެނޭ ރަށްތަކުގެ ރަށު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

ވޯޓުލާން ރަޖިސްޓަރީ ކުރުމަށްޓަކައި އަދި ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިއުންތައް:

1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިޚާބު ކުރާ މެންބަރުކަމަށް

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާނަމަ ރަޖިސްޓަރީ ކުރުމަށް ފުރާ ފޯމާއި، ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ، ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އަތޮޅުތެރޭގައިނަމަ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު. މާލޭގައިނަމަ އެންސްޕާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު.

2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރުކަމަށް

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޙިމާޔަތްކުރާ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓަރީ ކުރާނަމަ، ރަޖިސްޓަރީ ކުރުމަށް ފުރާ ފޯމު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް ކަން އެނގޭނެ ރަސްމީ ލިޔުން، ޖަމްޢިއްޔާގެ މެންޑޭޓް، ޖަމްޢިއްޔާގެ ފަރާތުން ވޯޓްލާ ފަރާތްކަން އެނގޭނެ ރަސްމީ ލިޔުން އަދި ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ.

އަދި ވޯޓުލުމަށް ވަޑައިގަންނަވާއިރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 ރަބީޢުލްއައްވަލް 1437

24 ޑިސެންބަރު 2015
ހޯދާ