މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
24 ޑިސެންބަރު 2015 އިން ފެށިގެން 14 ޖަނަވަރީ 2016 ގެ ނިޔަލަށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑި

އިޢުލާން

24 ޑިސެންބަރު 2015 އިން ފެށިގެން 14 ޖަނަވަރީ 2016 ގެ ނިޔަލަށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑި

ދިރާސީ އާ އަހަރު ފެށޭތީ، ވާންޖެހޭ ތައްޔާރީތައް ވުމަށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، 24 ޑިސެންބަރު 2015 އިން ފެށިގެން 14 ޖަނަވަރީ 2016ގެ ނިޔަލަށް ފިހާރަތައް ހުޅުވާފައި ހުންނަން ވާނީ ހެނދުނު 6.00 އިން ފެށިގެން، އެންމެ ލަސްވެގެން ރޭގަނޑު 11.00 އަށެވެ.

ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ އިމްޕޯޓް މުދާ ވިއްކާ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ރަބީޢުލްއައްވަލް‏ 1437

24 ޑިސެންބަރު 2015
ހޯދާ