މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޝަންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

  1. 5279.00 ރުފިޔާ (ފަސްހާސް ދުއިސައްތަ ހަތްދިހަނުވަ ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

  1. 2730.00 ރުފިޔާ (ދެހާސް ހަތްސަތޭކަ ތިރީސް ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް                                                   

 

 

މަޤާމުގެ ޝަރުޠު:

  • ޖީ. ސީ. އީ. އޭލެވެލް ނުވަތަ އޯލެވެލްގެ ދިވެހި، އިނގިރޭސި، ހިސާބުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، އެކައުންޓިންގުން ސީ ފާސް ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ  ފަރާތަކަށްވުން.
  • ތަފާސްހިސާބު ބެލެހެއްޓުމުގެ ތަޖުރިބާހުރި ފަރާތަކަށް އިސްކަންދެވޭނެއެވެ. 
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

މަސައްކަތުގެ ދާއިރާ:

މެއިލް އޮޕަރޭޝަންސާ ގުޅުންހުރި މަސައްކަތްތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ.
  • ވަޒިފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  ވަޒީފާއަށް  އެދި  ފޮނުވާ  ސިޓީއާއި  ވަނަވަރު  އަދި  އެކުގައި  ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2015  ޑިސެންބަރު  28  ވާ  ހޯމަ  ދުވަހުގެ  15:00  ގެ  ކުރިން  ޕޯސްޓް  ބިލްޑިންގުގެ  3 ވަނަ ފްލޯރއަށް،  އެޗް. އާރު. ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި، "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީ ބާޠިލުކުރެވޭނެއެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

 

ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

ފޯން: 3009270،3009271،3009272،3009274

ފެކްސް: 3321559

9 ރަބީޢުލްއައްޥަލް 1437
20 ޑިސެންބަރު 2015
ހޯދާ