މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަލިފުށިން ގޯތިބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމަށްޓަކައި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ރ.އަލިފުށިން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމަށްޓަކައި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 45 ގޯއްޗެވެ.

ފޯމު ދޫކުރުން: 

ގޯއްޗަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅާ ފޯމު ދޫކުރާނީ 22 ޑިސެންބަރު 2015 ން 31 ޖަނަވަރީ 2016 ވަނަ ދުވަހުގެ ނިޔަލަށް އަލިފުށީ ކައުންސިލްގެ އިދާރާއިންނެވެ.

ފޯމު ބަލައިގަތުން:

ފޯމު ބަލައިގަންނާނީ 1 ޖަނަވަރީ 2016 ން 29 ފެބުރުވަރީ 2016 ގެ ނިޔަލަށް އަލިފުށީ ކައުންސިލްގެ އިދާރާއިންނެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާގޮތް:

ފޯމު ދޫކުރާނީ ރަސްމީދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރު 12:00 އަށް

ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރު 12:00 އަށް

ގޯއްޗަށް އެދޭ މީހާގެ ކިބައިގައި ހުންނަންވީ ޝަރުޠުތައް:

1- ދިވެހިރައްޔިތެއް ކަމުގައިވުން.

2- އުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން.

3- ކައިވެނި ރޫޅިފައިވީނަމަވެސް އެ މީހެއްގެ އުފަންދަރިން ދުނިޔޭގައި ތިބިމީހަކަށްވުން.

4- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އެއްވެސް ގޮތަކުން ލިބިފައިނެތުން.  

5- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.

6- ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.

7- ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކުކަމުގައިވުން.

8- ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.

9- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެންއޮތް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.

10- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ކުޑަބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތްކޮށްފައި ނުވަތަ ވަކިން ޢިމާރާތްކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެބަސްވާ ފަރާތްތަކަށް ލިބޭގޯތި ރަޖިސްޓަރީ ކޮށްދެވޭނީ ތަރިކައިން ލިބެން އޮތް ގޯތި ނުވަތަ ލިބެން އޮތް ބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމުމަށްފަހުގައެވެ.)

11- ގޯއްޗަށް އެދޭ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މި ދެ މީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި، އެ ގޯތި 600 އަކަފޫޓަށްވުރެ ބޮޑުނަމަ ގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއްކަމުގައި ނުވުން.

12- ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މި ދެ މީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެ ގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެ ގޯތީގެ ވެރިފަރާތުގެ ގޯތި ލިބިފައިނުވާ ދުނިޔޭގައި ތިބި ދަރިންގެ އަދަދު 2 އަށްވުރެ އިތުރުވުން.

13-  ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

14-  ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެންނެތުން.

ނޯޓް:

- ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ،  ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ ކޮމެޓީގެ ހާޒިރުގައި އެ ދެމީހުންގެ މެދުގައި ނުވަތަ ދެ ފަރާތުން ކަނޑައަޅާ ބައެއްގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. މިގޮތުން ވާހަކަ ދައްކައިގެން ގޮތެއް ނުނިންމިއްޖެނަމަ ގޯތި ލިބޭފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ނުވަތަ ދެފަރާތުން ކަނޑައަޅާބައެއްގެ މެދުގައި ޤުރުއަތުލައިގެންނެވެ.

ފޯމުހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި، އުމުރާއި އަދި ކައިވެނީގެ މުއްދަތު ބަލާނީ އެ މީހަކު ފޯމު ހުށަހަޅާ މީލާދީ ތާރީޚާއި ހަމައަށެވެ.

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލު

1. ކައިވެނީގެ ބައި:

މީހަކާ އިނދެގެންހުރިނަމަ                                        25 ޕޮއިންޓް

ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ދުނިޔޭގައި ތިބިނަމަ         20 ފޮއިންޓް 

2. އުމުރުގެ ބައި:

(ހ) އުމުރުން 21 - 25 އަހަރާ ދެމެދު ނަމަ                           05 ޕޮއިންޓް

(ށ) ޢުމުރުން 25 އަހަރުން މަތިނަމަ                                07 ޕޮއިންޓް

3. ދަރިންގެ ބައި:

(ހ) 21 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ                             05 ޕޮއިންޓް

(ށ) 21 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް         04 ޕޮއިންޓް

  (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ.)    

(ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ      03 ޕޮއިންޓް

(ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް   04 ޕޮއިންޓް

   (މިބަޔަށް ގިނަވެގެން ދެވޭނީ 8 ޕޮއިންޓެވެ.)

4- މައިންބަފައިންގެ ބައި:

(ހ) މަންމަ ބަލަމުންގެންދާނަމަ                                     03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ                                     03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ   03 ޕޮއިންޓް

5- ރައްވެހިކަމުގެ ބައި:

(ހ) ރަށުގެ ރައްވެއްސެއްނަމަ                                     20 ޕޮއިންޓް

(ށ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ       15 ޕޮއިންޓް

(ނ) ރަށުގައި ދިރިއުޅޭނަމަ )ގޯތި ދޫކުރުމަށް ކުރި އިއުލާން ގެޒެޓުކުރި ތާރީޚުގެ 6 މަސްކުރިން ރަށުގައި ދިރިއުޅޭމީހަކު ކަމުގައިވުން)  10 ޕޮއިންޓް

 (ރ) ރަށުން ބޭރުގައި ދިރިއުޅޭނަމަ (ގޯތި ދޫކުރުމަށްކުރި އިޢުލާން ގެޒެޓުކުރި ތާރީޚުގެ 6 މަސްކުރިން ރަށުން ބޭރުގައި ދިރިއުޅޭ މީހަކު ކަމުގައިވާނަމަ)  6 ޕޮއިންޓް

6- ޕޮއިންޓް އުނިކުރުން :

(ހ) އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ                                  25 ފޮއިންޓް

 (ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބި ހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ    10 ޕޮއިންޓް

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބި ހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ     10 ޕޮއިންޓް

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް      05 ޕޮއިންޓް

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗައްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް      05 ޕޮއިންޓް

އިތުރު ތަފުސީލު:

  • ނަންބަރު 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ޢާއިލާ ކައިވެނި ރޫޅިފައި ވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ.
  • ނަންބަރު 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.
  • ނަންބަރު 03  ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ޕޮއިންޓް ދެވޭނީ ގިނަވެގެން 4 ކުދިންނަށެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗައް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބިދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށް ދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ނުލިބޭނެއެވެ.)
  • ނަންބަރު 03 ގެ (ރ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 2 ދަރިންނަށްވުރެ ގިނަދަރިންތިބިކަމުގައިވިއަސް ޕޮއިންޓްދެވޭނީ ގިނަވެގެން 2 ކުދިންނަށެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗައް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށް ދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ނުލިބޭނެއެވެ.)
  • ނަންބަރު 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.
  • ނަންބަރު 04 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.
  • ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށެވެ.

ގޯތި ލިބޭގޮތް :

  • ގޯތި ލިބެންޖެހޭ މިހުން ހޮވާނި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓްލިބިފައިވާ މީހުންތިބިނަމަ އޭގެ ތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެ ގޯތި ނުލިބޭނެއެވެ. 
  • ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. 

04 ރަބީޢުލްއައްވަލް 1437

15 ޑިސެންބަރު 2015
ހޯދާ