އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މަތިވެރީގައި ސްލިޕްވޭ އެޅުން

އއ. މަތިވެރީގައި ސްލިޕްވޭ އެޅުން (ކުރީގެ އިޢުލާން ބާޠިލުކޮށް އަލުންކުރުން)

ސްލިޕްވޭ އެޅުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން

އއ. މަތިވެރީގެ އިރުއުތުރު ފަރާތު އަތިރިކައިރިން 51945.69 އަކަފޫޓުގެ ބިމެކެވެ. މި ބިން ދޫކުރެވެނީ ސްލިޕްވޭ ހިންގައިގެން ލިބޭ އާމްދަނީގެ %30 އއ. މަތިވެރީ ކައުންސިލަށް، އަދި ބާކީ %70 ބިޑް ކާމިޔާބު ކުރާ ފަރާތަށް ލިބޭގޮތަށް ވިޔަފާރިކުރުމަށެވެ.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ 10 އަހަރުދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް، އެގްރީމެންޓް ކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތުން ހުށަހަޅާ ޕްރޮޕޯޒަލް މިނިސްޓްރީ އޮފް ހައުސިންގގެ އެންޑް އިންފްރާސްޓްރަކްޗަރަށް ފޮނުވައިގެން 15 އަހަރުގެ މުއްދަތު އިތުރުކޮށްދިނުމުން 25 އަހަރުދުވަހުގެ މުއްދަތަށެވެ.

ބިޑްފޮތް ވިއްކުން:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 13 ޑިސެންބަރު 2015 ން 23 ޑިސެންބަރު 2015 އަށް އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއިން. (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި)

ބިޑްފޮތް ވިއްކާ ގަޑި:

9:00 އިން މެންދުރުފަހުގެ 13:30 އަށް

ބިޑްފޮތް ވިއްކާ އަގު:

ބިޑްފޮތެއްގެ އަގަކީ =/8,000 (އަށްހާސް ރުފިޔާ) އެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި:

ތާރީޚު

ގަޑި

28 ޑިސެންބަރު 2015 (ހޯމަ)

13:00

ބިޑްފޮތާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ބިޑް ސެކިއުރިޓީ ގޮތުގައި -/100,000 (އެއްލައްކަ ރުފިޔާ) ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. މިބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 60 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ.
  2. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  3. ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއް ނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  4. ވަކިފަރުދެއްނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނޭ ލިޔުން.
  6. ބިޑް ހުށަހަޅަނީ ކުންފުންޏަކުންނަމަ، ބިޑް ފޯމުގައި ސޮއިކޮށް، ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  1. ބިން ނަގާ ފަރާތުން ބިޑް ހުށަހަޅާއިރު މިއިދާރާއަށް ޗެކަކުން ފައިސާ ދައްކާނަމަ، ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ބިން ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ، އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ.
  2. މި ބިން ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު IUL)342-CAA/INDIV/2015/1010)ފ(30 ނޮވެންބަރު 2015) ގައި ބަޔާންކޮށްފައިވާ ބިމުގެ ޖުމުލަ އަކަފޫޓުގެ މައްސަލަ ހުރިކަން މިކައުންސިލަށް ފާހަގަ ކުރެވިފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. އެ އިޢުލާން ބާޠިލުކުރިނަމަވެސް މިބިން ނެގުމަށް ކުރިން ބިޑްފޮތް ގަނެފައިވާ ފަރާތްތަކުން ބިޑްފޮތަށް އެދޭ ފޯމު ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުމުން އަގަކާނުލައި އެފަރާތަކަށް ބިޑްފޮތް ދޫކުރެވޭނެއެވެ.
  3. އިތުރު މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެއެވެ.

 28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ