ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދިނުމަށް

ހައްދުންމަތީ މާވަށު ރައްޔިތންގެ ތެޔޮފިހާރަ ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

މާވަށު ރައްޔިތުންގެ ތެޔޮފިހާރަ އިންވެސްޓްމެންޓް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިއިންވެސްޓްމަންޓް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޞަފަރު 1437

08 ޑިސެންބަރު 2015
ހޯދާ