މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން.

މިއިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

އިންޖީނުގެ މަޢުލޫމާތު.

  1. 2 އިންޖީނު ޔަމަހާ އައުޓްބޯޑު 200 ހޯސްޕަވަރ 4 ސްޓްރޯކް
  2. އެޅިފަހުން ވީ މުއްދަތު: 7 އަހަރު
  3. އިންޖީނު އޯވަރހޯލް ކުރި ތާރީޚު: 10 ޖޫން 2012
  4. އޯވަރހޯލަށްފަހު ބޭނުންކުރި މުއްދަތު: 880 ގަޑިއިރު
  5. މިހާރުގެ ހާލަތު: ނުދުއްވާތާ 1 އަހަރު ވުމުގެ ސަބަބުން ސްޓާޓްކުރަން ދަތިވުމާއި، ސްޕީޑް ނުލިބުން.
  6. 2 އިންޖީނު ހުންނާނީ އެމް. ޓީ. ސީ. ސީ ތިލަފުށީ ސައިޓުގައެވެ. އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެސައިޓަށް ވަޑައިގެން 7612483 އަށް ގުޅުއްވުމުން ބެއްލެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

ފެށޭ އަގު:

2 އިންޖީނުގެ ނީލަން ފެށޭ އަގަކީ -/75000ރ (ހަތްދިހަ ފަސްހާސް) ރުފިޔާއެވެ. އަގަށް އިތުރުކުރެވޭނީ މަދުވެގެން -/5،000 (ފަސްހާސް) ރުފިޔާ.

ނީލަން ފަށާ ތާރީޚު: 17 ޑިސެންބަރު 2015 ، ނިންމާ ތާރީޚު: 03 ޖަނަވަރީ 2016 ދުވަހުގެ ރޭ 00:00 އެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ނީލަން ކިޔުމަށް ތައްޔާރު ކުރެވިފައިވާ "ނީލަން ކިޔުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވެލައްވަމުން ގެންދެވުން އެދެމެވެ.

މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިޔުމުގެ އުސޫލުގައިވާ ނަމޫނާ ސިޓީއާ އެއްގޮތަށް ސިޓީ ލިޔުއްވައި ފޮނުއްވާނީ މިއިދާރާގެ އީމެއިލް: [email protected] އަށް ނުވަތަ މިއިދާރާގެ 6720017 ނަންބަރު ފެކްސްއަށެވެ.

ނީލަން ކިޔުމުގެ އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

ހުށަހަޅުއްވާ އަގުތައް ޢާންމުކުރުން

ނީލަމަށް ހުށަހަޅަމުންދާ އަގުތައް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މިއިދާރާގެ ވެބްސައިޓް: www.meem.gov.mv ގައި ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާފައިވާ އެންމެ މަތީ އަގު ފެންނާނެހެން ޝާއިޢު ކުރެވިފައި ހުންނާނެއެވެ.

ނީލަން ނިންމަން ކަނޑައަޅާފައިވާ ތާރީޚުގައި ހުށަހަޅުއްވާފައިވާ އެންމެމަތީ އަގަކީ އެކަށީގެންވާ އަގެއްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

03 ރަބީޢުލްއައްވަލް 1437

14 ޑިސެންބަރު 2015
ހޯދާ