ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަން

އެސްޓީއޯ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ މެޑިކަލް ގޯޑައުން (6 ފަންގިފިލާ އިމާރާތް) ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (ADM/2015/322-ފ60) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުންނެވެ.

ޕްރީކޮލިފިކޭޝަން

ބީލަން ހުށަހަޅުއްވާ ދިވެހިރާއްޖޭގެ ކުންފުނިތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކޮންޓްރެކްޓަރސް ލިސްޓުގެ GC01 Grade1 ގައި ލިސްޓު ކުރެވިފައިވާ ވާންވާނެއެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް އެއާ އެއްފެންވަރެއްގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމުގައިވާންވާނެއެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަންކަރުދާސް ބައްލަވައިގަތުން:

2015 ޑިސެންބަރު 28 ވަނަ ދުވަހުގެ 16:00 ގެ ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ 150.00 އެމެރިކާ ޑޮލަރަށްވާ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ދައްކަވާ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. ނަގުދުފައިސާއިން، ކޭޝިއަރސް ޗެކުން ނުވަތަ މިކުންފުނީގެ އެޗްއެސްބީސީ ޔޫއެސްޑޮލަރ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV އަށް ފައިސާ ދެއްކެވިދާނެއެވެ. ޑައިރެކްޓް ޑިޕޮޒިޓްކޮށް ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަންކަރުދާސް އީމެއިލުގެ ޒަރީޢާއިން ދޫކުރެވޭނެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:              ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:           196 44 33 960+ / 371 44 33 960+

ފެކްސް:               633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:   މުޙައްމަދު ޙައްސާން ނަސީމް     

އީމެއިލް:              [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)

14 ޑިސެންބަރު 2015
ހޯދާ