މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ސިވިލް އެސިސްޓެންޓް (އެޑްމިން އޮފިސަރ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސިވިލް އެސިސްޓެންޓް (އެޑްމިން އޮފިސަރ)

ބޭނުންވާ އަދަދު:

3 (ތިނެއް)

މުސާރަ:

-/3،470 ރުފިޔާ

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު: -/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  ޖީ. ސީ. އީ.  އޯ-ލެވަލް އިމްތިޙާނުގައި  2  މާއްދާއިން  ދަށްވެގެން  "ސީ"  ފާސް  ލިބިފައިވުމާއެކު،  އެސް. އެސް. ސީ. އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

- އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ  ތަކެތި  ބޭނުންކުރުން،  ނުވަތަ  މަސްތުވާ  ތަކެތީގެ  ވިޔަފާރިކުރުން،  އަދި  ޚިޔާނާތްފަދަ  ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން.

- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކުކަމުގައި ނުވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

ސ. ހިތަދޫ، ސ. ގަން، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ.

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯޑް ބަލާ ފޯމު.

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

 

ސުންގަޑި:

މި  މަޤާމަށް  އެދި  ހުށަހަޅާ  ފަރާތްތަކުން،  މޯލްޑިވްސް  ޕޮލިސް  ސަރވިސްއިން  ދޫކުރާ  ވަޒީފާއަށް އެދި  ހުށަހަޅާ  ފޯމާއި،  ވަޒީފާއަށް  އެދޭ  ފަރާތްތަކުގެ  ކުށުގެ  ރެކޯޑް  ބަލާ  ފޯމް  ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޑިސެންބަރު 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.   

 

 

ނޯޓް:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ www.police.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. 

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

3 ރަބީޢުލްއައްޥަލް 1437

13 ޑިސެންބަރު 2015
ހޯދާ