ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރ ފޮރ އޯޕަން ލާރނިންގ ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ

އިޢުލާން

ސެންޓަރ ފޮރ އޯޕަން ލާރނިންގ ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ:

މަޤާމް: ސެންޓަރުގެ ވެރިޔާ، ސެންޓަރ ފޮރ އޯޕަން ލާރނިންގ

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ އަދަދު: 1 (އަދަދު)               

މަޤާމުގެ މުއްދަތު:    ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރުދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން ޢިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސް:  

  • ޕީ. އެޗް. ޑީ. ނަމަ، ހުރިހާ އެލަވަންސަކާއެކު މަހަކު -/30,780 ރުފިޔާ
  • މާސްޓަރ ނަމަ، ހުރިހާ އެލަވަންސާއެކު، މަހަކު -/27,125 ރުފިޔާ
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރައާއި އެލަވަންސް، މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓްވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮވެއެވެ.

2. އެލަވަންސް: މި އެލަވަންސް ދެވެނީ، ކިޔަވާ ދަރިވަރުންނަށް ނިސްބަތްކޮށެވެ. އަދި މަސައްކަތް ނިންމުމަށް އިތުރުގަޑީގައިވެސް މަސައްކަތްކުރާނެކަމަށް ބަލާފައެވެ.

3. ފޯނު އެލަވަންސް: މަހަކު -/500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

1. އެމް. ކިޔު. އޭ. ލެވެލް 10 ގެ ސަނަދެއް، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން ނުވަތަ އެމް. ކިޔޫ. އޭ. އިން ގަބޫލުކުރައްވާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް، ތަނުގައި ކިޔަވައިދޭ ދާއިރާއަކުން އޮތުން.

2. ވަޒީފާގެ މަސައްކަތާބެހޭ ޑޮކިޔުމަންޓްތައް ރަނގަޅަށް އިނގިރޭސިބަހުން ލިޔަން އެނގުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރުދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނޭޖްމަންޓް ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން، ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. ޢަދަދުކުރުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

  1. މަޤާމުގައި ހުންނަ މީހަކު އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
  2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި، އެދެވޭ އިތުރު ބައެއް ސިފަތައް:

- ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން، ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނެއެވެ.

- ވެބްސައިޓުގެ އެޑްރެހަކީ، http://mnu.edu.mv/images/announcements/gazette-deans.pdf އެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: 2015 ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

6 ރަބީޢުލްއައްޥަލް 1437

17 ޑިސެންބަރު 2015
ހޯދާ