މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޤްތިޞާދީ ބޭނުމަށް، ވިޔަފާރު އުސޫލުން ބިން ދޫކުރުން

އިޢުލާން

އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުޞޫލުން ބިން ދޫކުރުން:

މި ރަށުގެ ބަނދަރުންނާއި އެހެނިހެން ސަރަހައްދުތަކުން، އިޤްތިޞާދީ ބޭނުމަށް، ވިޔަފާރި އުޞޫލުން ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

#

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ ބިމުގެ އަދަދު

ދޫކުރެވޭ މުއްދަތު

އެންމެ ކުޑަ އަގު

1

އާންމު ވިޔަފާރިގެ އެޅުމަށް

1200 އަކަފޫޓް

3

5 އަހަރުދުވަސް

އަކަފޫޓަކަށް 15 ލާރި

2

ސައިހޮޓާ، ރެސްޓޯރަންޓް އެޅުމަށް

1200 އަކަފޫޓް

3

5 އަހަރުދުވަސް

އަކަފޫޓަކަށް 15 ލާރި

3

ތެޔޮ ފިހާރަ އެޅުމަށް

1386 އަކަފޫޓް

1

10 އަހަރުދުވަސް

އަކަފޫޓަކަށް 50 ލާރި

4

ބަކަރި/ކުކުޅު ގެންގުޅުމަށް

1800 އަކަފޫޓް

3

5 އަހަރުދުވަސް

އަކަފޫޓަކަށް 10 ލާރި

ވިމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ބަލައެއްނުގަންނާނެއެވެ. "ކުލީ ބިމަށް އެދޭ ފޯމް" މި އިދާރާއިން ގަތުމަށްފަހު، 2015 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ހާޒިރުވެ، ފޯމް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމަށް ހަމެޖެހިފައިވަނީ، 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުން ފެށިގެން 2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 14:00 އާ ހަމައަށެވެ. ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯމުތައް ބަލައިގަނެވޭކަށެއް ނޯންނާނެއެވެ. ފޯމް ހުށަހަޅާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އަގު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެވިފައި އޮންނަންވާނެއެވެ. އަދި  "އިޤްތިޞާދީ ބޭނުންމަށް، ވިޔަފާރި އުސޫލުން ބިން ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 6580073 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

3 ރަބީޢުލްއައްޥަލް 1437

14 ޑިސެންބަރު 2015
ހޯދާ