މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕާޓްމަންޓް ކުއްޔަށް ހިފުމާބެހޭ

އެޕާޓްމަންޓް ކުއްޔަށް ހިފުމާބެހޭ:

މި ކުންފުންޏަށް 2 އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު A12/IL/2015/76-ފ116 (29 ނޮވެންބަރު 2015) އިޢުލާނާއި، ނަންބަރު A12/IL/2015/77-ފ116 (02 ޑިސެންބަރު 2015) ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެ ދެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށްޓަކައި 3 ރޫމުގެ އެއް އެޕާޓްމަންޓާއި 2 ރޫމުގެ އެއް އެޕާޓްމަންޓް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ހާޒިރުވެ، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015
ހޯދާ