ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސަރވޭގައި ޙަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016/2015 ގައި ޙަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

މިބިއުރޯގެ ފަރާތުން މިއަހަރުގެ ޑިސެންބަރު 2015 އިން ޖޫން 2016އަށް މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016/2015" ގައި ޙަރަކާތްތެރިވުމަށް 30 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/300ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ސުޕަވައިޒަރުންގެގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވޭގެ މަސައްކަތްކުރާ ދުވަސްތަކުގައި ދުވާލަކު -/350ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފުތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.

މިސަރވޭގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުފޯމު، މިބިއުރޯގެ (މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ) ކައުންޓަރުންނާއި ވެބްސައިޓުން (/http://www.statisticsmaldives.gov.mv ނުވަތަ www.planning.gov.mv) އިން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަންފޯމު ފުރިހަމަކުރުއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 15 ޑިސެންބަރު 2015ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ([email protected]) ނުވަތަ ފެކްސް (3327351) ވެސް ގަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިސަރވޭގެ ކަންތައްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރު 3349489 / 3349496 އަށް ގުޅުއްވުން އެދެމެވެ.

10 ޑިސެންބަރު 2015
ހޯދާ