މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު: TEB/2014/121

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދިލެއްވުމުގެ މަތިން، ތ.ތިމަރަފުށީގައި ތިއްބަވާ ފުލުހުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)13-K/13/2014/249) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 14 ޑިސެންބަރު 2015 އިން 28 ޑިސެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި ނަންނޯޓު ކުރަންވާނެއެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 ޑިސެންބަރު 30 ވާ ބުދަދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 11ވާ ހޯމަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ތ.ތިމަރަފުށީގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް އެކްސްޕީރިއެންސްގެ ބަޔަށް މާކުހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ ޖުމްލަ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ ޖުމްލަ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިޕްރޮޖެކްޓްގެ މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

  ފޯން: 3349102       3349106

  ފެކްސް: 3320706      

  އީމެއިލް: [email protected]

  ކޮޕީ:  [email protected]

10 ޑިސެންބަރު 2015
ހޯދާ