ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:   

ދިވެހިބަހުގެ އެކެޑަމީއަށް، މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

އެސިސްޓެންޓް ރިސަރޗް އޮފިސަރ

ބޭނުންވާ އަދަދު:

1

ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް1/  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

4،465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ތާރީޚާ ބެހޭ ބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ، މާލެ،

މަޤާމުގެ ޝަރުޠު

- ބަސް  ނުވަތަ  ތާރީޚު  ނުވަތަ  އިދާރީ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ"  ގްރޭޑް ލިބިފައިވުން. 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ހޯދުންތައް ހޯދުމާއި، ތާރީޚަށް ބޭނުންވާނެ ލިޔުންތައް އެއްކުރުން.

2. ރާއްޖޭގެ ތާރީޚާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދުމަށް ބޭރުން އަންނަ މާހިރުންނާއެކު މަސައްކަތް ކުރުން.

3. ތާރީޚީ ލިޔުންތައް، ދިވެހިބަހާއި އިނގިރޭސިބަހަށް ތަރުޖަމާކުރުން.

4. ސަރުކާރުގެ  ތަންތަނުންނާއި  އަމިއްލަ  ފަރާތްތަކުން  ބޭނުންވާ  ތާރީޚީ  މައުލޫމާތުތައް  ރެކޯޑުތަކުން ހޯދުމާއި، އެ ފަރާތްތަކަށް މައުލޫމާތު ދިނުން.

5. ތާރީޚީގޮތުން ސެކްޝަނުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގައި އެހީތެރިވެދިނުން.

6. ތާރީޚު ސެކްޝަނުން ޗާޕުކުރުމަށް ތައްޔާރުކުރާ ފޮތް ޓައިޕުކޮށް ލޭއައުޓު ހެދުން.

7. އޮފީހުގެ ބޭނުންތަކަށް އަތޮޅުތަކަށާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.

 

 

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީގޮތުން އެންމެ މަތީމާކުސް ލިބިފައިވުމާއި، ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ދިވެހިބަހުން  މުޢާމަލާތުކުރުމުގެ ޤާބިލުކަންހުރި މިންވަރު.

- މުއައްޒަފުންނާ ގުޅިގެން  މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ހުރި މިންވަރު.

- ކަންކަމަށް އިސްނެގުމުގެ ހުނަރުހުރި މިންވަރު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިންވަރު.

 

ސުކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށްއެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)

4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމޭލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 ޑިސެންބަރުމަހުގެ 20 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 1.30

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ.

 

 

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އެކެޑެމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި ޢިއުލާނާއި ފޯމު ދިވެހިބަހުގެ އެކެޑެމީގެ www.dhivehiacademy.edu.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3345299 ނަންބަރު ފޯނަށް ނުވަތަ 3345297 ނަންބަރު ފޯނާއެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީގައެވެ.  

24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ