މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑިޔުކޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)               

ވަޒީފާ އޮތް އޮފީސް: ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ހަޔަރ އެޑިއުކޭޝަން ރިވިއު ސެކްޝަން، ޕްރައިވެޓް އިންސްޓިޓިއުޓް ރިވިއު ޔުނިޓް، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ރާއްޖޭގައި ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓަރކުރުން.

2- ރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތަޢުލީމާ ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ ކޯސްތަކާއި ޕްރޮގަގްރާމްތަކުގެ ފެންވަރު ބަލައި ވަޒަންކޮށް ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

3- ރާއްޖޭގައި ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުންދޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ރަނގަޅު އިންތިޒާމެއްގެދަށުން ބަލަމުން ގެންދިޔުމާއެކު ދެވޭ ތަޢުލީމާއި ތަމްރީންތަކުގެ ފޭރާން ހެޔޮކަން ކަށަވަރުކުރުން.

4- ރާއްޖެއިން ބޭރުން ސްކޫލް ތަޢުލީމާއި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ޢާއްމުކޮށް ދިވެހިންދާ މަރުކަޒުތަކުގެ ފެންވަރާގުޅޭ މަޢުލޫމާތު އާންމުކުރުން.

މަޤާމުގެ ޝަރުޠު:                        

މަޤާމް

 

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން އޮފިސަރ

EX1

އެޑިޔުކޭޝަން އޮފިސަރ 6

- ކިޔަވައިދިނުމުގެ  ރޮނގުން  ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދެއް  ނުވަތަ ލެވެލް 8 ގެ ސަނަދެއް  ހާސިލުކޮށްފައި  އޮތުމާއެކު،  ތަޢުލީމީ  ދާއިރާއިން  ނުވަތަ ކިޔަވައިދޭ  މާއްދާއަށް  ޚާއްޞަކުރެވިފައިވާ  ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުަވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުަވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑިއުކޭޝަން އޮފިސަރ 5 ގެ މަޤާމުގައި ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުަވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

8835

 

 

 

 

 

 

 

3500

EX2

އެޑިޔުކޭޝަން އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްކޮށްފައިވުމާއި، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުަވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑިއުކޭޝަން އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުަވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

9890

EX3

އެޑިޔުކޭޝަން އޮފިސަރ 8

- އެޑިއުކޭޝަން  އޮފިސަރ  7  ގެ  މަޤާމު  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުަވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

11065

EX4

އެޑިޔުކޭޝަން އޮފިސަރ 9

އެޑިއުކޭޝަން  އޮފިސަރ  8  ގެ  މަޤާމު  ޝަރުޠު  ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުަވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

12400

EX5

އެޑިޔުކޭޝަން އޮފިސަރ 10

އެޑިއުކޭޝަން  އޮފިސަރ  9  ގެ  މަޤާމު  ޝަރުޠު  ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުަވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

13890

EX6

އެޑިޔުކޭޝަން އޮފިސަރ 11

އެޑިއުކޭޝަން  އޮފިސަރ  10 ގެ  މަޤާމު  ޝަރުޠު  ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުަވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

15560

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ،  22 ޑިސެންބަރު 2015 އާއި 31 ޑިސެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 21 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

- މި ޢިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ