ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

2016ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު GS168/IUL/2015/24 އާ ގުޅިގެން އެކަމަށް އެދި ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް، މިދަންނަވާ ޝަރުޠުތައް ހަމަވާ ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާނު ކުރަމެވެ.

  • 2 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • މަދުވެގެން 1 ކޮޓަރި އެއަރކޯން ކުރެވިފައިހުރުން.
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި ސްކޫލް އޮފީހަށް ވަޑައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، ގޭގެ ކަރަންޓު ބިލާއި، ކޭބަލްޓީވީގެ ބިލް ގޭގެ ވެރިފަރާތުން އަދާކުރައްވާގޮތަށް މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން، ކުއްޔަށް ދެއްވާ ތަނުގެ ގޯތީގެ ބޮޑުމިނާއި ޢިމާރާތުގެ މިންތައް އެނގޭނެ ޢިމާރާތުގެ ކުރެހުމަކާއި، ގޯތީގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ތަނުގެ ކުލި އެނގޭނެގޮތަށް، 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ސްކޫލަށް ސިޓީ ހުށަހެޅުއްވުންއެދި މިކަން ޢާންމުކޮށް އިޢުލާނު ކުރަމެވެ.

07 ޑިސެންބަރު 2015
ހޯދާ