މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

1 ޖަނަވަރީ 2016ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހަޅުއްވަންވާނެއެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅައި އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ޞަފަރު 1436

02 ޑިސެންބަރު 2015
ހޯދާ