މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްޢިއްޔާއެއް އުވާލުމާބެހޭ

27 އޮގަސްޓު 2013 ގައި މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ "އިންޓަރނޭޝަނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމް" އުވާލުމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިވަޑައިގެންފައެވެ. ވީމާ، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެޖަމްޢިއްޔާގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ 15 ދުވަހުގެ ތެރޭގައި އެކަން މި މިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ،  މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ