ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގެ ޓީ.ޖެޓީ ސަރަޙައްދުގައި ބަހައްޓާފައިވާ ޖަމްބޯބޭގްތަކާ ގުޅިގެން

31 މާރިޗު 2015 އިން ފެށިގެން ކ.ތިލަފުށީގެ ޓީ.ޖެޓީ ސަރަޙައްދުގައި ވަނީ ޖަމްބޯބޭގްތަކެއް ބަހައްޓާފައެވެ. މިސަރަޙައްދުގައި ޖަމްބޯބޭގްތައް ބަހައްޓާފައިވާ ފަރާތުން ޖޫރިމަނާގެ ފައިސާ ދެއްކެވުމަށްފަހު، މިމުދާތައް ރަސްމީ 07 ދުވަހުގެ ތެރޭގައި ނެންގެވުމަށް ވާނީ މިކޯޕަރޭޝަނުގެ ނަންބަރު TCL/IUL/15/1018 އިޢުލާނުން ގެޒެޓްކުރެވިފައެވެ. ނަމަވެސް މިތަކެތި ބަހައްޓަވާފައިވާ ފަރާތުން މިކަން ކުރައްވާފައިނުވާތީ، ކުރިއަށް އޮތް 05 ދުވަހުގެ ތެރޭގައި މިތަކެތި މިކޯޕަރޭޝަނުގެ ބާރުގެ ދަށަށް ގެނެވޭނެ ކަމުގައި ދަންނަވަމެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ