ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސުޕަވައިޒަރ (ޓެކްނިކަލް) – ޕާޓް ޓައިމް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް، އެއްއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ސުޕަވައިޒަރ (ޓެކްނިކަލް) – ޕާޓް ޓައިމް

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/5610

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ކޮންސްޓްރަކްޝަން މެޓީރިއަލް ވެއަރ ހައުސް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/2،500 ރުފިޔާއާއި -/3،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ.

* އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ޕެންޝަން

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުރަންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  • 'ރެޑީ މިކްސް ކޮންކްރީޓް' ޕްރޮޖެކްޓުގައި ޓެކްނިކަލްގޮތުން ބަލަންޖެހޭ ކަންކަން ސުޕަވައިޒްކުރުން.
  • 'ރެޑީ މިކްސް ކޮންކްރީޓ'ުގެ ފެންވަރު ބަލައި، ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

- ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކޮށްފައިވުން.

- މަޤާމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރާއި 5 އަހަރާ ދެމެދުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި  މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2015  ޑިސެންބަރު  14  ވާ  ހޯމަދުވަހުގެ  12:30  ގެ  ކުރިން، އެސް. ޓީ. އޯ. ގެ  ވަޒީފާއަށް  އެދޭ  ފޯމާއެކު،  ތިރީގައިވާ  އެޑްރެހަށް  އެޕްލިކޭޝަން  ހުށަހެޅުން  އެދެމެވެ. އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ http://www.stomaldives.com/downloads ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިިގެން، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261 ވެބްސައިޓް: www.stomaldives.com

26 ޞަފަރު 1437

08 ޑިސެންބަރު 2015
ހޯދާ