ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ ޓްރެއިނަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެދަށުން ހިންގާ ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓުގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމު:

އައި.ސީ.ޓީ ޓްރެއިނަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/6،000 ރުފިޔާ

ފެންވަރު/ޝަރުޠު:

ޖީ. ސީ. އީ އޯ ލެވެލް ގެ 3 (ތިނެއް) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުމާއި، ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރެވުން (މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ www.ncit.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އިންފޮމޭޝަން ޓެކްނޯލޮޖީގެ އަސާސީ ތަމްރީންތައް ކޮމިއުނިޓީ އީ-ސެންޓަރ އޮޕަރޭޓްކުރާ ފަރާތްތަކަށާއި ރަށު ކައުންސިލްގައި މަސައްކަތްކުރާ ފަރާތްތަކަށް ދިނުން.
  2. އިންފޮމޭޝަން ޓެކްނޯލޮޖީގެ އަސާސީ ތަމްރީންތައް އާންމު ރައްޔިތުންނަށް ދިނުން.
  3. ޓްރޭނިންތައް ހަމަޖައްސާއި ހިންގުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރުން.
  4. ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާ ގުޅޭގޮތުން، ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިއުންތައް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  5. އަމިއްލަ އިސްނެގުމާއެކު، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސަތްކަތައް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ  [email protected]  ގެ އީމޭލަށް ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000 334 (960) މި ނަންބަރު ފޯނަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ