މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންފްލުއެންޒާއަށް ޓެސްޓްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް

ސީޑީސީ އިންފުލުއެންޒާ ގުރާންޓްގެ ދަށުން އައި. ޖީ. އެމް. އެޗް. ގައި އިންފުލުއެންޒާއަށް ޓެސްޓްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/305)ފ(22 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ސީޑީސީ އިންފުލުއެންޒާ ގުރާންޓުގެ ދަށުން އައި. ޖީ. އެމް. އެޗް. ގައި އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން އަލުން އިޢުލާން ކުރަމެވެ.

- 01 އޮޓޯކްލޭވް

- 02 ކޭސް ސްވޮބް

- 02 ފާމަސޫޓިކަލް ރެފްރިޖަރޭޓަރ

- 03 ތާރމޯމީޓަރ

- 02 ޑުއަލް ޓެމްޕަރޭޗަރ ޒޯން ޔުނިޓް

- 01 ޕީ.ސީ.އާރު މެޝިން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޞަފަރު 1437

08 ޑިސެންބަރު 2015
ހޯދާ