ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް:

ހައުސްކީޕަރ  

މަޤާމުގެ ބާވަތް:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 1

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މުސާރަ:

-/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

ލިވިންގ އެލަވަންސް:

-/2،550 ރުފިޔާ

އެހެނިހެން އެލަވަންސް:

ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ލ. ގަމު މެޖިސްޓްރޭޓް ކޯޓް

 

ފެންވަރު ނުވަތަ ޝަރުޠު:

ހ. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ؛

ށ. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ނ. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކުގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ކޯޓުގެ ގޯތިތެރެއާއި، ކޯޓުތެރެއާއި، ކޯޓު ހިމެނޭ ސަރަޙައްދު ކުނިކަހައި، ސާފުކޮށް ބެލެހެއްޓުން.

2. ކޯޓުން ހަވާލުކުރާ، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

3. ކޯޓުން ހަވާލުކުރާ އެހެނިހެން ލިޔުންތައް، ކޯޓުން އަންގާ ފަރާތަކަށް ރައްދުކުރުން.

4. ކޯޓުތެރޭގައި ހިމެނޭ އެންމެހައި ތަންތަން ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުގެ ފަރުނީޗަރުތަކާއި، މިނޫންވެސް އެހެނިހެން ތަކެއްޗަށް ލިބޭ ކުދިކުދި ގެއްލުންތައް މަރާމާތުކުރުން.

5. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ކޯޓް ހިންގެވުމާ ހަވާލުވެ ހުންނަވާ މެޖިސްޓްރޭޓް  ނުވަތަ އިދާރީ މުވައްޒަފަކު ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި ކޯޓަށް ހުށަހެޅުން އެދެމެވެ.  

އުޖޫރައާއި ޢިނާޔަތްތައް:

ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.justice.gov.mv ގެ  ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  3. އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

އެހެނިހެން ކަންތައްތައް

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެންނެވެ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނަ ތާރީޚާއި ގަޑި، މި ކޯޓުން އެފަރާތްތަކަށް އަންގާނެއެވެ. އިންޓަވިއު އޮންނާނީ، މި ކޯޓުގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6800719 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6800722 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

21 ޞަފަރު 1437  

03 ޑިސެންބަރު 2015
ހޯދާ