ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު: ކައުންސިލަރ

މަޤާމުގެ ރޭންކު : އެމް. އެސް. 1

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސިނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:  -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

މަޤާމުގެ ގިންތި: ދާއިމީ

އިތުރުގަޑި

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 މައިގަނޑު މަސައްކަތްތައް:

1- . ދަރިވަރުންގެ އަޚްލާޤާ ބެހޭގޮތޮން ކޮންމެ ކުއްޖަކަށް ފައިލެއް ތައްޔާރުކޮށް، އެ ފައިލް ބެލެހެއްޓުމާއި، ކޮމްޕިއުޓަރުގައިވެސް ރެކޯޑުތައް ބެލެހެއްޓުން.

2. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދަރިވަރުންނަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ޤަވާޢިދުން ދެ ހަފުތާއިން އެއް ހަފުތާގައި ބެލުމާއި، އެފަދަ މައްސަލަތައް ހުރިނަމަ ރެކޯޑްކޮށް، އަޅަން އެކަށީގެންވާ ފިޔަވަޅުއެޅުން.

3. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތަކާއި، ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި، ސްކޫލުގައްޔާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުމާއި، ރެކޯޑްކުރުން.

4. ދިމާވާ ބޮޑެތި މައްސަލަތަކާމެދު ފިޔަވަޅުއެޅުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި، ބެލެނިވެރިންގެ މަޝްވަރާއާއެކު ކުރިއަށްގެންދިއުން.

5. ދަރިވަރުންގެ އަޚްލާޤަށް އަންނަ ބަދަލުތަކާމެދުގައްޔާއި، ނަފުސާނީ ޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.

6. ސްކޫލުގެ އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމްކުރުން.

7. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތްވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.

8. ސްކޫލުގައި ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށް މަސައްކަތްކުރުން.

9. ސްކޫލްގެ އެއްވެސް ސިއްރެއް، އެއްވެސް ފަރާތަކަށް ހާމަނުކުރުން.

10. ސްކޫލްގައިވެސް އަދި ސްކޫލުން ބޭރުގައިވެސް، އެއްވެސް ކުއްޖެއްގެ ފަރާތުން، ކުދިންނާ އެކަށީގެންނުވާކަމެއް ފެނިއްޖެނަމަ، ސްކޫލުގެ ވެރިންނަށް ވަގުތުން އެކަމެއް އެންގުން.

11. މުވައްޒަފުންގެގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ހަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދިނުން.

12. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭނގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އެންގުން.

13. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި ތާރީޚާއި ގަޑި:

ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި ތާރީޚު އެންގޭނެއެވެ.

 ސުންގަޑި:

2015 ޑިސެންބަރު 15 ވާ އަންގާރަަަ ދުވަހުގެ 13:00 ގެ ކުރިން ދ. އަތޮޅު މަދަރުސާއަށް ނުވަތަ [email protected] އީމެއިލަށް މެއިލްކޮށްދިނުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު.

 2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)  

 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރައަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

 4- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީ.ވީ)

 5- ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވަކިވުމާމެދު ވަޒީފާ އަދާކުރާ ތަނުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން 13:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންވެސްް ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަަޢުލޫމާތު ސާފުކުރުމަށް 7952915 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015
ހޯދާ