އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު އަމީން ސްކޮލަރޝިޕް - 2016

މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ޙަރަކާތާ ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެ ދަށުން 1995 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މި ސްކޫލުގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕެކެވެ.

2016 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެކަމަށް އެދި 2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓުފިކެޓުގެ އަސްލާއެކު ކޮޕީއެއް އަދި 2015 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމުގެ އަސްލާއެކު ކޮޕީއެއް (ގްރޭޑް 7 ގެ ފަހުޓާމް) ހުށަހަޅަންވާނެއެވެ.

ޝަރުޠު

  1. 2015 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2015 ވަނައަހަރު މާލެ/ވިލިނގިލިއަވަށް/ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
  3. އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2015 ވަނައަހަރުގެ ފަހުޓާމުގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

ޝަރުޠު ހަމަވާ ކުދިންގެ ލިސްޓެއް 2015 ޑިސެންބަރު 13 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ފަހުން ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށް ދޭ އިމްތިޙާނު ތިރީގައިވާގޮތަށް މި ސްކޫލުގައި އޮންނާނެއެވެ. މި އިމްތިޙާނުގެ ނަތީޖާ 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ފަހުން ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  • 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އިނގިރޭސި    (2 ގަޑިއިރު)
  • 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި ހިސާބު    (2 ގަޑިއިރު)
30 ނޮވެންބަރު 2015
ހޯދާ