މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހީން، ބޭރު ޤައުމުތަކުގައި ފައިސާ ހޭދަކުރާ މިންވަރު ދެނެގަތުމަށްޓަކައި ކުރެވޭ ސާވޭއާބެހޭ

ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ދިވެހީން، ބޭރު ޤައުމުތަކުގައި ފައިސާ ހޭދަކުރާ މިންވަރު ދެނެގަތުމަށްޓަކައި ކުރެވޭ ސާވޭ، ޑިސެންބަރު 18 ން 24 އަށް

ދިވެހިންނާއި ބޭރުގެ ފަރާތްތަކާ ދެމެދު ކުރެވޭ އިޤްތިޞާދީ މުޢާމަލާތްތަކާ ގުޅޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި ރާއްޖެއިން ބޭރުން އެނބުރި ވަޑައިގަންނަވާ ދިވެހީންނަށް އަމާޒުކޮށްގެން "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި އަހަރުގެ ޑިސެންބަރު 18 ން 24 އަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ހޯލުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސާވޭގައި މައިގަނޑުގޮތެއްގައި ބަލާލެވޭނީ ރާއްޖެއިން ބޭރުގައި ދިވެހީން އެކިއެކި ކަންކަމަށް ފައިސާ ޚަރަދުކުރައްވާ ގޮތުގެ މައްޗަށެވެ. އަދި ވަކިވަކި ފަރުދުންނާ ގުޅޭގޮތުން މި ސާވޭގައި އެއްކުރެވޭ މަޢުލޫމާތަކީ ވަކިވަކިން އެނގޭގޮތަށް ޝާއިޢު ކުރެވޭނެ މަޢުލޫމާތެއް ނޫނެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ އެންމެހާ ދިވެހީން، މި ސާވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

20 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ