މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގ.ބެރުގެ އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީއަށް ބަދަލު ގެނައުމާބެހޭ

ގ.ބެރުގެ އެވެ، ކިޔާ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޢަބްދުﷲ ރާމިޒަށް ލިބިފައިވާ 233 އަކަފޫޓުގެ ބިން ދިވެހި ދައުލަތަށް ދޫކޮށްލުމާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު Cv-C/2013/ފ1100 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާގޮތަށް މިގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް މިބަދަލު ގެނައުމަށްޓަކައި، މި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ބޭނުންވާ، ގ.ބެރުގެ އެވެ ކިޔާ ގޯތީގެ ނަންބަރު، ބ.16704 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ ހުރިހާ އަސްލު މި މިނިސްޓްރީއަށް ލިބިފައިނުވާތީ، މި ރަޖިސްޓަރީއަށް ގެންނަންޖެހޭ ބަދަލު ގެނައުން ލަސްވަމުންދާތީ، މާލޭ މުނިސިޕަލްޓީގެ ނަންބަރު 2009/156-A)C) އިޢުލާނުގައިވާ ގޮތުގެ މަތިން، ގ.ބެރުގެ އެވެ ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ. 16704 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ (8 އަސްލު) ބާޠިލުކޮށް، ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް ގ.ބެރުގެ އެވެ ކިޔާ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބަދަލު ގެނެވޭނެވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ