މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ ޢިމާރާތްތަކާއި ކޮންސްޓްރަކްޝަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ކުރާ ސަރވޭ އާ ގުޅޭ

މާލޭގައި ވަރަށް ގިނަ ޢިމާރާތްތައް ގަވާއިދާއި ޚިލާފަށާއި ސަލާމަތީގޮތުން ނުރައްކާތެރި ގޮތްގޮތަށް ހުންނަކަން މިމިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ސަލާމަތީ މިންގަނޑުތަކަށް ނުބަލައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފާހަގަ ކުރެވިފައިވެއެވެ.

ވީމާ، 6 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މުޅި މާލޭގެ ސާރވޭ މަސައްކަތްތަކެއް ކުރުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ސާރވޭ ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ދުވަސްދުވަހެއްގެ ހެނދުނު 09:00 އާއި 17:00 އާ ދޭތެރޭގައެވެ. މި ސާރވޭ ފަށަން ހަމަޖެހިފައިވަނީ ހެންވޭރުންނެވެ. ވީމާ، މިކަމަކީ ހުރިހާ ރައްޔިތުންގެވެސް ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާކަމަކަށްވާތީ، މިކަމުގައި އެންމެހާ ބޭފުޅުންގެ އެއްބާރުލުން ދެއްވުމަށް އެދި ދެންނެވީމެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ