ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފަން

އަންދާސީހިސާބު ބޭނުންވެއްޖެ

1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި ގެއެއް ނުވަތަ އެޕާޓްމަންޓެއް މަހު ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 13ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މަހުކުލި އެނގޭގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 ން މެންދުރުފަހުގެ 13:00 އަށް 6600314 ނަންބަރު ފޯނާއެވެ.

20 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ