މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ:

01 ޖަނަވަރީ 2016 ން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުންވާނަމަ ސިޓީއަކާއެކު އައިޑީ.ކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ހިތާމައާއެކު ދަންނަވަމެވެ.

03 ޑިސެންބަރު 2015
ހޯދާ