ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.

1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ދޭނެ ފަރާތެށް ބޭނުންވެއްޖެއެވެ.

ވީމާ، ގެ ކުށްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން ކުއްޔަށް ދެއްވާނެ އަގު އެނގޭނެހެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ކުށްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެންނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސް އާއި މިދެންނެވުނު ފަދަ އަސާސީ އެންމެހައި ތަކެތި.
  • ފެންނަގާވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ އެކަން ހުންނަންވާނީ ޙައްލު ވެފައެވެ.
  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.
  • ހުސްވަގުތު އިށީނދެ ތިބުމަށާއި ލިޔެކިޔުމުގެ ކަންކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
  • ދަތިނުވެ 4 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
  • ދަތިނުވެ 4 މީހަކަށް ކައިބޮއި އުޅުމަށް ބޭނުންވާނެ ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއި އަދި ކެއުމަށް ބޭނުންވާ ފަސޭހަތައް.
  • މަދުވެގެން 1 ކޮޓަރި އެއަރކޯން ކޮށްފައިހުރުން.
  • ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.
  • ރަށުގެ ޢާންމު ދިރިއުޅުމުގައި ޢާންމުކޮށް މުނިފޫހިފިލުވުމަށް މިޒަމާނުގައި ބޭނުންކޮށްއުޅޭ ކޭބަލް ޓީ.ވީ ފަދަ ފަސޭހަތައް.
  • މިދެންނެވި ޚިދުމަތްތައް ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.

24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ