ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: -/6185 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- އޮފީހުން މީޑިއާއަށް ހިއްސާކުރަން ބޭނުންވާ މަޢުލޫމާތު މީޑިއާއަށް ހިއްސާކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

2- މަޢުލޫމާތު ފޯރުކޮށްދިނުމާއި ލިބިގަތުމުގެ ޤާނޫނުގެދަށުން މި އޮފީހުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: 

ލަންޑަން ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް. އެސް. ސީ. އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް:

މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ސަރވިސް އެލަވަންސްގެގޮތުގައި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:
މި މަޤާމަށް މީހަކު ހޮވުމުގައި، މަސައްކަތުގެ ތަޖުރިބާއަށާއި، މަސައްކަތުގެ ފެންވަރަށް ބެލޭނެއެވެ. ފެންވަރު ބަލާނީ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެދަށުން ވިދިވިދިގެން 2 އަހަރު ދުވަހު ލިބިފައިވާ މާކުހަށް ބަލައިގެންނެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވާއިރު، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިެވހި ރައްޔިތެއްކަންއަންގައިދޭ ކާޑުގެ ކޮޕީ ފޮނުވުން އެދެމެވެ.  ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ 3000644 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

އިންޓަވިއު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ. އިތުރު ފަރާތަކަށް ނުގުޅޭނެއެވެ. .

- މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ