ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު 2015 ޑިސެންބަރު 31 ގެ ނިޔަލަށް ހަމަވާތީ، އިތުރު އަހަރަކަށް (2016 ޖަނަވަރީ 01 ން ފެށިގެން އެއަހަރުގެ ނިޔަލަށް) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވި މީހެއްކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރެއްވުން

          އަންދާސީ ހިސާބު ހުށަހެޅުއްވުން

ތާރީޚު: 15 ޑިސެންބަރު 2015 ވާ އަންގާރަދުވަސް

ތާރީޚު: 29 ޑިސެންބަރު 2015 އަންގާރަދުވަސް

ގަޑި: ހެނދުނު 11:00

ގަޑި: ހެނދުނު 11:00

ތަން: ނ. ހެނބަދޫ ސްކޫލް

ތަން: ނ. ހެނބަދޫ ސްކޫލް

24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ