ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް އަދި ފާޚާނާ ބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ކުދިން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް އަދި ފާޚާނާ ބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު GS-090-HH/2015/35 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ އާ ސްޓާފްރޫމުގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2015 ޑިސެންބަރު 06 ވާ އާދީއްތަދުވަހުގެ 09:00 ގައި

2015 ޑިސެންބަރު 13 ވާ އާދީއްތަދުވަހުގެ 09:00 ގައި

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6520555 އާ ގުޅުއްވުން އެދެމެވެ.

26 ނޮވެންބަރު 2015
ހޯދާ