މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމްތަކަށް، ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ، ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް: މެނޭޖަރ (މާކެޓިންގ)

ބޭނުންވާ އަދަދު: 1 (އެކެއް)              

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)          

ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/9،600 ރުފިޔާ

ސަރވިސް އެލަވަންސް: -/2،500 ރުފިޔާ

ރެސްޕޮންސިބިލިޓީ އެލަވަންސް: -/3،500 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/ޢިނާޔަތް: ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:               

- ޑިގްރީ އިން ބިޒްނަސް މެނޭޖްމަންޓް (މާކެޓިންގ) ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 02 – 05 އަހަރު ދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

- މާކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށްގެންދިޔުމުގެ ތަޖުރިބާއާއި ޤާބިލުކަންހުރުމާއި، ޓެކްނިކަލް މާކެޓިންގއާއި ސެލިންގގެ ހުނަރު ލިބިފައިވުން.

- ބިޒްނަސް މެނޭޖްމަންޓުގެ އުސޫލުތައް އެނގުމާއެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓްކުރުމުގެ ހުނަރު ލިބިފައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މާކެޓިންގއާއި ސޭލްސް އެކްޓިވިޓީކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

- ޓެކްނިކަލް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރާއި ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން؛ ކަސްޓަމަރުންގެ ބޭނުންތައް ދިރާސާކޮށް މާކެޓިންގއާއި ސޭލްސް މަސައްކަތް ރާވައި ހިންގުން.

މަޤާމް: އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)  

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް:-/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40    

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ  ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް - ފެރީ ސަރވިސަސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

- ޖީ. ސީ. އީ. އޯ. ލެވެލް 03 މާއްދާއިން ފާސްވެފައިވުން.    

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރުލިބުމާއެކު، އެކަމުގެ ޤާބިލުކަންހުރުން.

- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން. 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާގޮތުގެމަތިން އޮޕަރޭޝަންސްގެ އެންމެހައި މަސައްކަތްކުރުމާއި، މިކަމާބެހޭ ލިޔެކިޔުން ބެލެހެއްޓުން.

މަޤާމް: މެކޭނިކަލް އިންޖިނިއަރ

ބޭނުންވާ އަދަދު: 2 (ދޭއް)           

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)          

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/7،800 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ޓެކްނިކަލް އެލަވަންސް:  -/2،500 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: އަސާސީމުސާރައިގެ %40   

އެހެނިހެން އެލަވަންސް/ޢިނާޔަތް:  ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ޑިގްރީ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.

- މަދުވެގެން 2 އަހަރު ދުވަހު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓްކުރުމުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި، ދިރާސާކުރުމުގެ ހުނަރު ހުރުމާއި، މި މަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައިކުރުމުގެ ހުނަރު ލިބިފައިވުން.

- ޓެކްނިކަލް މުވައްޒަފުންނާއި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތް ކޯރޑިނޭޓްކޮށް، މި ކަންކަމުގެ ލަފާދީ މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، މި މަސައްކަތްކުރުން.

މަޤާމް: މެކޭނިކް (މެރިން)

ބޭނުންވާ އަދަދު: 2 (ދޭއް)                

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ޓެކްނިކަލް އެލަވަންސް: -/1،500 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އާފްޓަރ ސޭލްސް ޔުނިޓް / އެމް. ޓީ. ސީ. ސީ. ސޯމިލް ނުވަތަ ޑިޕާޓްމަންޓުން އަންގާ ތަނެއްގައި -  ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

- ޑިޕްލޮމާ/ ސެޓްފިކެޓް އިން މެކޭނިކަލް އިންޖިނިއަރިންގ (މެރިން)

- މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން.

- ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި، ދުވަހުން ދުވަހަށް މަސައްކަތް

މަޤާމް: އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)           

ވަޒީފާގެ ބާވަތް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ:  -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:                     

- ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް

- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލްއާއި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުނަރާއި، ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޑިޕާޓްމަންޓުގެ ސަޕްލައިއަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބޭހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.

މަޤާމް: އިލެކްޓްރިޝަން

ބޭނުންވާ އަދަދު: 4 (ހަތަރެއް)              

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ޓެކްނިކަލް އެލަވަންސް: -/1،500 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އޯފް ރެސިޑެންޝަލް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސުކީމާއި، ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑޮކް ޑިޕާޓްމަންޓް، އެމް. ޓީ. ސީ. ސީ. /ތިލަފުށި ސައިޓް

މަޤާމުގެ ޝަރުޠު:                     

- ވޮކޭޝަނަލް ކޯސް ހަދާފައިވުން ނުވަތަ މި މަސައްކަތުގައި 2-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި ކުންފުންޏަށް ބޭނުންވާ އިލެކްޓްރިކަލް މަސައްކަތް ކުރުމާއި، ދެވިފައިވާ ގަޑިއަށް މަސައްކަތްތަށް ނިންމުން.

މަޤާމް: އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)            

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ،މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ސެކްޝަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް:  އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް / ތިލަފުށި

މަޤާމުގެ ޝަރުޠު:                     

- ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް

- މި މަސައްކަތްކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލްއާއި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބޭހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.

މަޤާމް: އޮޕަރޭޓަރ (ޓަގު)

ބޭނުންވާ އަދަދު: 1 (އެކެއް)             

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕްރޭޝަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:  -/5،500 ރުފިޔާ 

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސުކީމާއި، ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން: ރާއްޖެތެރެއަށް ދަތުރުކުރާ ޑޮމެސްޓިކް ޓަގުގައި

މަޤާމުގެ ޝަރުޠު:                     

- ޓަގުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން (ލައިސަންސް C, E, F ކެޓަގަރީ)

- ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ފަތަންދަންނަ މީހަކުކަމުގައިވުން.

- ޓަގުފަހަރު އޮޕަރޭޓްކުރުމުގެ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސްމީހެއްގެގޮތުގައި ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމް: ކައްކާ (ޑޮމެސްޓިކް ޓަގު)

ބޭނުންވާ އަދަދު: 1 (އެކެއް)            

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް

މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް:ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް/ޑޮމެސްޓިކް ކާގޯ އޮޕަރޭޝަން ޔުނިޓް ޓަގު

މަޤާމުގެ ޝަރުޠު:                     

- ޓަގުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއިންބުއިން ޝެޑިއުލާ އެއްގޮތަށް ބެލެހެއްޓުމާއި، ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުގެ މެއިންޓެނަންސް މަސައްކަތަށް ބޭނުންވާ އެންމެހައި މަސައްކަތްކުރުން.

މަޤާމް: ކްރޫ (ޑޮމެސްޓިކް ޓަގު)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށްހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 1 (އެކެއް)             

ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕްރޭޝަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/4،700 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސުކީމާއި، ހަމަޖެހިފައިވާ އުޞޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން: ރާއްޖެތެރެއަށް ދަތުރުކުރާ ޑޮމެސްޓިކް ޓަގުގައި

މަޤާމުގެ ޝަރުޠު:  

- އަސާސީ ތަޢުލީމީ ފެންވަރު.

- ފަތަންދަތުމާއެކު، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން. ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުމާއި، މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެމަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމާއި، އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތުގައި އުޅުން.

މަޤާމް: އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު: 8 (އަށެއް)             

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ 

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސުކީމާއި، ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭ ތަން: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:                    

- ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން (ލައިސަންސް C, E, F ކެޓަގަރީ)

- ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ފަތަންދަންނަ މީހަކުކަމުގައިވުން.

- އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެގޮތުގައި ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް، ފަޅުވެރިންނާއި ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމް: އެސިސްޓަންޓް ސައިޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)             

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/5،500 ރުފިޔާ.

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް : އިތުރުގަޑީގެ ފައިސާ / ހުރުމާއި ކެޔުން، ރިޓަޔަމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް / ތިލަފުށި

މަޤާމުގެ ޝަރުޠު:                  

- ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް

- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް އާއި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރު ހުރުމާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- ތިލަފުށީގައި ޤާއިމްވެ ހުރެގެން ވަޒީފާ އަދާކުރައްވަން އެދޭ ފަރާތްތަކަށް އިސްކަންދެވޭނެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ތިލަފުށީ ސައިޓުގައި ކުރަމުންދާ މަސައްކަތް ކޯރޑިނޭޓްކޮށް، ހިނގަމުންދާގޮތް ބެލުމާއި،  އެންމެހައި މަސައްކަތްކުރުމުގައި އިދާރީގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

މަޤާމް:  އެސިސްޓަންޓް ކަސްޓަމަރ ސަރވިސަސް އޮފިސަރ  (ބަސް ޔުނިޓް / ސޭލްސް ކައުންޓަރ)

ބޭނުންވާ އަދަދު: 18 (އަށާރަ)             

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސުކީމާއި، ހަމަޖެހިފައިވާ އުޞޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ފެރީ ސަރވިސަސް ޑިޕާޓްމަންޓުން އަންގަވާ އެކިއެކި ތަންތަނުގައި (ބަސް/ ފެރީ ޓިކެޓް ކައުންޓަރ- ހުޅުމާލެ/ވިލިގިނލި/މާލެ/ތިލަފުށި/ހުޅުލެ)

މަޤާމުގެ ޝަރުޠު:                     

- ޖީ. ސީ. އީ. އޯލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ ފައިސާއާއި މުޢާމަލާތުކުރުމުގެ 3-2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (މިކަމުގެ ލިޔުން ހުށަހެޅުން)

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  

- ކަސްޓަމުރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރާއި، ސޭލްސްކަންކަން ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުގެ ކަސްޓަމަރުންނާ މުޢާމަލާތްކޮށް، އެފަރާތްތަކުގެ ސުވާލުތަކަށް ޖާވަބުދީ، ފެރީ/ ބަހުގެ ޓިކެޓް ކަނޑާ ފައިސާގެ ލިޔެކިޔުންތައް ބަލަހައްޓައި، އޮޕަރޭޝަނުން އަންގަވާ ކަންކަން ކުރުން.

މަޤާމް: ކަސްޓަމަރ ސަރވިސަސް އެސިސްޓަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 26 (ސައްބީސް)             

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ: -/4،700 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސުކީމާއި، ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި ނުވަތަ ކަނޑައަޅާ ޓާމިނަލެއްގައި

މަޤާމުގެ ޝަރުޠު:                     

- ގްރޭޑް 10 ގެ ނިނަމާފައިވުން.

- ފަތަން ދަތުމާއެކު، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމާއި، އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

މަޤާމް: އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 6 (ހައެއް)                

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓުރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ،މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސުކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:  ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:                     

- ކާރު/ ވޭން ދުއްވުމުގެ ލައިސަންސް އޮތުމާއެކު، ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން. BO ނުވަތަ B2 ލައިސަންސް ނަގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާގޮތެއްގެމަތިން ބަސް އޮޕަރޭޓްކޮށް، ޓްރާސްޕޯޓުގެ ގަވާއިދާ އެއްގޮތަށް، ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

ސުންގަޑި:

- މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 6 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އެމް. ޓީ. ސީ. ސީ. ގެ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް، ފޯމާއެކު ހުށަހެޅުން އެދެމެވެ.

- މިތަކެތި ފެކުހާއި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ.

މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ކުށުގެ ރިކޯޑަށް ބަލާނެއެވެ.

13 ޞަފަރު 1437

25 ނޮވެންބަރު 2015
ހޯދާ