މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެކައުންޓެންޓް

ބޭނުންވާ އަދަދު :

1 (އެކެއް)

މުސާރަ:

  1. 10,500.00 ރުފިޔާ (ދިހަހާސް ފަސްސަތޭކަ ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

4500.00 (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ސެކްޝަން:

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

 

މަޤާމުގެ ޝަރުޠު:

  • އޭ. ސީ. ސީ. އޭ. ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކުރުން)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ.
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

 

ސުންގަޑި:

މި މަޤާމަށް  ޝައުޤުވެރިވާ ފަރާތްތަކުން،  ވަޒީފާއަށް އެދި ފޮނުވާ  ސިޓީއާއި ވަނަވަރާ އެކުގައި ހުށަހަޅަންޖެހޭ  ލިޔުންތަކާއެކު، 2015 ޑިސެންބަރު 2 ވާ  ބުދަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާއަށް، އެޗް. އާރު. ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. 

 

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ވެސް ބާޠިލްކުރެވޭނެއެވެ. 

- އިންޓަވިއުއަށް ކިޔާނީ،  ވަޒީފާއަށް އެދިވަޑައިގެން ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273،3009274

ފެކްސް: 3321559

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ