ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ފުރުޞަތު

The Swedish Institute Study Scholarships

      ސްވިޑެން އިން 2016 ވަނަ އަހަރުގެ އޯޓަމް ސެމިސްޓަރ އަށް ހުޅުވައިލައިފައިވާ ސްކޮލަރޝިޕް ފުރުޞަތުގެ ތެރެއިން މާސްޓަރސް ލެވަލްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ކެންޑިޑޭޓުންނަށް އޮތް ވާހަކަ ދަންނަވަމެވެ. މިއީ 'ޓިއުޝަން ފީ' އަދި 'ލިވިންގ ކޮސްޓް' ހިލޭ ސްކޮލަރޝިޕެކެވެ. މިސްކޮލަރޝިޕްގެ ދަށުން ޖެންޑަރ އީކުއަލިޓީ، ސަސްޓެއިނަބްލް  ޑިވަލޮޕްމެންޓް، ޑިމޮކްރަސީ، ހިއުމަން ރައިޓްސް އަދި ޕަވަރޓީ ރިޑަކްޝަންގެ ދާއިރާއިން ކޯސްތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް އިސްކަން ދެއްވާނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. މިސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރަތަމަ ބުރު އޮންނާނީ 1 ޑިސެންބަރު 2015 އިން ފެށިގެންނެވެ.

މި ކޯސްތަކަށް ހުށަހެޅުމުގެ ޝަރުތު، އިތުރު މަޢުލޫމާތު އަދި އެޕްލިކޭޝަން ހުށަހަޅަންޖެހޭގޮތް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.  https://eng.si.se/areas-of-operation/scholarships-and-grants/the-swedish-institute-study-scholarships/

ވީމާ، އަމިއްލަގޮތުން މިކޯސްތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

23 ނޮވެންބަރު 2015
ހޯދާ