ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމާބެހޭ

މިމަރުކަޒަށް ގުދަނެއް (ގާތްގަނޑަކަށް 300 އަކަފޫޓަށްވުރެ ކުޑަނޫން) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ގުދަނެއް ކުއްޔަށް ދޫކުރުމަށް އެދިލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވެދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީހިސާބެވެ.

އަންދާސީހިސާބުގައި ތިރީގައިވާ މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.

1. ގުދަނުގެ ބޮޑުމިން (އަކަފޫޓުން)

2. ގުދަނުގެ ފުލޯ ޗާޓް

3. ގުދަން ތަޅުލެވެން ހުރިގޮތް

4. ކުއްޔަށް ދޫކުރާ އަގު (މަސްދުވަހުގެ ކުލި)

5. ކުއްޔަށް ދޫކުރާ މުއްދަތު

6. ގުދަން ހުރި ހިސާބު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިމަރުކަޒުގެ 6580031 ނަންބަރު ފޯނާއެވެ.         

23 ނޮވެންބަރު 2015
ހޯދާ