ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކަނޑުދަތުރުކުރާނޭ އުޅަނދެއް ކުއްޔަށް ހިފުމަށް

މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުންނާއި ހުޅުމާލެ ހާފްވޭ ހައުސްއިން ކ.މާލެއާ ދެމެދުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ކަނޑުދަތުރުކުރާނޭ އުޅަނދެއް މި އެޖެންސީއަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

07 ޑިސެންބަރު 2015

ހޯމަ

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

16 ޑިސެންބަރު 2015

ބުދަ

13:00 (މެންދުރުފަހު)

07 ޞަފަރު 1436

19 ނޮވެންބަރު 2015
ހޯދާ