ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗުދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން

މިޑިޕާޓްމަންޓުން 2016 ވަނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ ޖަނަވަރީ އޭލެވެލް އިމްތިޙާނުގެ ސުވާލުކަރުދާސް ގެންދިޔުމާއި ޖަވާބުކަރުދާސް ގެނައުމަށް ކުރާ ލޯންޗުދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 2 ވާ ބުދަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ