ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ކުދިން ކުޅޭ ސަރަޙައްދުގެ ސެޓްއަޕް ހެދުމާބެހޭ

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް 2016 ވަނަ އަހަރަށް ޕްރީސްކޫލް ކުދިންނަށް، އެކުދިން ކުޅޭނެ ސަރަޙައްދެއް ހެދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

3 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00

13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.

24 ނޮވެންބަރު 2015
ހޯދާ