މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެންޖީއޯ މެނޭޖްމަންޓް މެނުއަލް (ޕްރެކްޓިކަލް ގައިޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންގެންދާ ޖަމްޢިއްޔާތައް ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށްޓަކައި އެންޖީއޯ މެނޭޖްމަންޓް މެނުއަލް (ޕްރެކްޓިކަލް ގައިޑް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު: IUL)10-F/1/2015/144)ފ(13 އޮކްޓޫބަރު 2015) ގެ އިޢުލާނުގައިވާ ޕޮއިންޓް ދިނުމުގެ އުސޫލަށް ބަދަލުގެނެސް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ