ދިވެހިރާއްޖެ
މި ސްކޫލުގެ ދެނުކުފަރާތުގެ ވަށާފާރު ރާނައި ފުރިހަމަކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލްގެ ދެކުނުފަރާތުގެ ވަށާފާރު ރާނައި ފުރިހަމަކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އެމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚާއި ގަޑި  | 
 އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި  | 
| 
 2015 ޑިސެންބަރު 03 ވާ ބުރާސްފަތިދުވަސް ގަޑި 13:00  | 
 2015 ޑިސެންބަރު 09 ވާ ބުދަދުވަސް ގަޑި 13:00  | 
- އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީގަޑީގައި 6640585 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.
 
10 ޞަފަރު 1437
