މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަގު ބަންދުކުރުމާބެހޭ

އިޢުލާން

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތަށް ލޮނުޒިޔާރަތްކޮޅު ސަރަހައްދުން މަސައްކަތަށް ބޭނުންވާ ސަރަހައްދު ވަކިކުރުމުގެ މަސައްކަތް 25 ނޮވެންބަރު 2015 (ބުދަ) ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، އެސަރަޙައްދުގައި ހިމެނޭ ބޮޑުތަކުރުފާނުމަގު، ހިތިގަސްމަގުގެ އިރު ދެކުނު ކަނުން ފެށިގެން ރަތްވިލާމަގުގެ އިރުދެކުނު ކަނާ ހަމައަށް، އަދި އަމީނީ މަގުގެ އިރުމަތީކޮޅުން ފެށިގެން މޫންލައިޓްހިނގުމުގެ އިރުދެކުނު ކަނާ ހަމައަށް، ބަންދުވާނެ ވާހަކަ ދެންނެވީމެވެ. އަދި ހިތިގަސްމަގުގެ އިރުމަތިން ބޮޑުތަކުރުފާނު މަގުގެ ހުޅަނގަށް ބޮޑުފުންގަނޑު މަގާ ހަމައަށް އިރުން ހުޅަނގަށް އެއްގަމު އުޅަނދު ދުއްވާގޮތަށް، އަދި ހިތިގަސްމަގު މޫންލައިޓް ހިނގުމުން ބޮޑުފުންގަނޑު މަގާ ހަމައަށް ހުޅަނގުން އިރަށް އެއްގަމު އުޅަނދު ދުއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ވީމާ، މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

                        13 ޞަފަރު 1437

25 ނޮވެންބަރު 2015
ހޯދާ