ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

2016 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، ގެ ކުއްޔަށް ދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއެކު "ސްކޫލްތަކުގެ އިސްވެރިންނާއި ވޮލަންޓިއަރުން ތިބުމަށް ގެ ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ޕޮއިންޓް ދެވޭ އުސޫލު" އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ޞަފަރު 1437

18 ނޮވެންބަރު 2015
ހޯދާ